ވިޔަފާރި

ޔަމަހާ މޮޓޯސައިކަލްގެ ޑައުންޕޭމަންޓުން ބޮޑު ޑިސްކައުންޓެއް

Feb 16, 2019

ޔަމަހާ ސައިކަލުގެ ޑައުންޕޭމަންޓުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެލިއާ އިންވެސްޓްމަންޓުން ފަށައިފި އެވެ.

"ސިމްޕްލީ ޔަމަހާ" ގެ ނަމުގައި މި ޕްރޮމޯޝަން ފަށާފައިވަނީ ހުޅުމާލެ ބަސް ސްޓޮޕުގައި ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެއްގަ އެވެ.

މި ހާއްސަ އިވެންޓު ކުރިއަށް ގެންގޮސްފައިވަނީ އިވެންޓުގެ ތެރެއިން ސައިކަލް ނަގާ ފަރާތްތަކަށް ސައިކަލް ނަގަން އެގްރީމެންޓުގައި ސޮއިކުރެވޭ ގޮތަށެވެ.

އެލިއާއިން މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަކަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުންގެ އަތުން ޑޭޓެޑް ޗެކެއް ނުނަގާނެ އެވެ.

އެލިއާ އިން ރާއްޖޭގެ ބާޒާރަށް މިމަހު ވަނީ ޔަމަހާ ފްރީގޯ ގެ ނަން ދީފައިވާ މޮޓޯ ސައިކަލެއް ނެރެފަ އެވެ.