ވިޔަފާރި

އެލިއާ އިން "ކޯލާ" ބްރޭންޑުގެ ސާމާނަށް މީހުން ހޭލުންތެރިކޮށްދީފި

Sep 21, 2018
މާލެ 20، ސެޕްޓެމްބަރު 2018: ކޮލާބްރޭންޑަށް އެލިއާއިން ކުރިއަށް ގެންދިޔަ ހާއްސަ ތަމްރީންގެ ތެރެއިން-
0%
0%
0%

ފެންވައިރު ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން "ކޯލާ" ބްރޭންޑްގެ ސާމާނު ބޭނުންކުރުމާއި އެކަމާ ގުޅޭ ޓްރޭނިން ސެޝަންތަކެއް އެލިއާ އިންވެސްޓްމަންޓްގެ ފަރާތްތުން މިއަދު ބާއްވައިފި އެވެ. އެ ސެޝަންތަކަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

ސިޓްރޮންގައި ބޭއްވި މި ތަމްރީން ޕްރޮގްރާމްގައި މައުލޫމާތު ދީފައި ވަނީ "ކޯލާ"ގެ މި ސަރަހައްދުގެ އިސް އޮފިޝަލުންނާއި އެލިއާގެ ޓެކްނިކަލް ޓީމުގެ މުވައްޒަފުންނެވެ. މި ތަމްރީން ޕްރޮގްރާމުގައި ތަފާތު އެކި ދާއިރާތަކުގެ މީހުން ބައިވެރިވެފައިވެ އެވެ.

އެލިއާ އިން ބުނީ މި ތަމްރީން ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ މި ބްރޭންޑުގެ ސާމާނު ބޭނުންކޮށްގެން ފެންވައިރުކުރުމުގެ މަސައްކަތް ކުރާ މީހުންނަށް ހާއްސަކޮށްގެން ޓެކްނިކަލް ޓްރެއިނިން ތަކެއް ދިނުން ކަމަށެވެ. މީގެ ކުރިންވެސް އެލިއާއިން ވަނީ މިފަދަ ތަމްރީން ޕްރޮގްރާމްތަކެއް ބާއްވައި މީހުން ހޭލުންތެރި ކުރުވައިފަ އެވެ.

މާލެ 20، ސެޕްޓެމްބަރު 2018: ކޮލާބްރޭންޑަށް އެލިއާއިން ކުރިއަށް ގެންދިޔަ ހާއްސަ ތަމްރީންގެ ތެރެއިން-

އެ ކުންފުނިން ބުނީ ކޯލާ ފަދަ ބްރޭންޑުތަކުގެ ސަބަބުން ފެންވައިރު ކުރުމާއި އިންސްޓޮލޭޝަންގައި ދިމާވާ އުނދަގޫތައް މަދުކޮށް ދޭނެ ކަމަށެވެ. އަދި މި ތަމްރީންތަކުގެ ބައިވެރިންނަށް ފެންވައިރު ކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ އުކުޅުތައް ވަނީ ކިޔައިދީފަ އެވެ. ކޯލާގެ ޓްރޭނިންތައް މިއަދު ބޭއްވީ، ސިޓްރޮން ރެސްޓޯރަންޓުގަ އެވެ.

އެލިއާ އިންވެސްޓްމެންޓުން އަކީ، ޔޫރަޕްގެ މަޝްހޫރު ކޯލާ ބްރޭންޑު ރާއްޖެ، ގެނެސް މާކެޓްކޮށް ވިއްކަމުން އަންނަ ހަމައެކަނި ކުންފުންޏެވެ. އެލިއާއިން މި އުފެއްދުން ރާއްޖެއަށް ތައާރަފު ކުރީ 2013 ވަނަ އަހަރު އެވެ. އެލިއާއިން ކޯލާ ބްރޭންޑުގެ ސާމާނު ވިއްކަނީ އެ ކުންފުނިން މަޖީދީ މަގުގައި މިފަހުން ހުޅުވި ހާޑްވެއާ ފިހާރައިން އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345