ވިޔަފާރި

އެލިއާއިން ލޯންޗު ފަހަރު ނެވިންނާއި ފަޅުވެރިން ލޯ ހުޅުވައިދީފި

Aug 10, 2018
މާލެ، 8، އޮކްޓޫބަރު 2018؛- އެލިއާ އިންވެސްޓްމަންޓުން ކުރިއަށް ގެންދިޔަ ތަމްރީގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން- ފޮޓޯ: އެލިއާ
75%
0%
25%

އެލިއާ އިންވެސްޓްމަންޓުން ހައި ސްޕީޑް އުޅަނދު ފަހަރުގެ ނެވިންނާއި ފަޅުވެރިންނަށް ބޭއްވި ތަމްރީންތަކުން އެމީހުންނަށް ގިނަ އެއްޗިހިތަކެއް ދަސްކޮށްދީފި އެވެ.

އެލިއާ އިންވެސްޓްމަންޓާއި މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށް ގެންދިޔަ tިން ދުވަހުގެ ބޯޓް "އޮޕަރޭޓާސް ޓްރެއިނިންގް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ހައި ސްޕީޑް އުޅަނދު ނެވިންނާއި ފަޅުވެރިންނަށް އަމާޒުކޮށް ކޮންމެ އަހަރަކުވެސް އެލިއާއިން ބާއްވަމުން ގެންދާ ތަމްރީނު ޕްރޮގްރާމުތަކެކެވެ.

މި ޕްރޮގްރާމުގައި އަމަލީ ގޮތުން ކަންކަންކުރާނެ ގޮތުގެ ހުނަރާއި ފަންނީގޮތުން ބައިވެރިންނަށް މައުލޫމާތު ހިއްސާ ކުރެވުނެވެ. މީގެ ތެރެއިން ފަސްޓް އެއިޑް ދޭނެ ގޮތުގެ މައުލޫމާތާއި ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން އަރައިގަންނާނެ ގޮތްތަކުގެ ހުނަރު ބައިވެރިންނަށް ދެވިފައިވާނެއެވެ. ހަމަ އެހެންމެ ތިމާވެށި ރައްކާތެރި ކުރުމުގެ މުހިއްމުކަމާއި ކުއްލި ހާލަތްތަކުގައި ދިމާވެދާނެ ކަންކަމުން ސަލާމަތްވާނެ ގޮތުގެ މައުލޫމާތު ހިއްސާކުރެވި މެރިޓައިމް ގަވާއިދުތަކަށް ކެޕްޓަނުން އަހުލުވެރިކުރެވިފައިވާނެ އެވެ

މާލެ، 8، އޮކްޓޫބަރު 2018؛- އެލިއާ އިންވެސްޓްމަންޓުން ކުރިއަށް ގެންދިޔަ ތަމްރީގެ ބައިވެރިން ފަސްޓް އެއިޑް ބައި ފުރިހަމަ ކުރަނީ- ފޮޓޯ: އެލިއާ

މި ޓްރެއިނިން ޕްރޮގަރާމްގައި އެކި އެކި ރިސޯޓްތަކުންނާއި ކަނޑު އުޅަނދުފަހަރު ގެންގުޅުއްވާ އެކި އެކި ކުންފުނި އަދި ސަރުކާރުގެ ބައެއް އިދާރާތަކުން 44 ފަރާތެއް ބައިވެރިވި އެވެ. މިއީ އެލިއާއިން މި ޓްރެއިނިން ޕްރޮގޮރާމް ބޭއްވި 5 ވަނަ އަހަރެވެ. އަދި މި އަންނަ އަހަރުގައިވެސް އާ ބައިވެރީންނާއެކު މި ޓްރެއިންނިންގް ޕޮރޮގްރާމް ކުރިއަށް ގެނެދިއުމަށް ހަމަޖެހިފައިވާ ކަމަށް އެލިއާއިން ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345