ހަބަރު

ޔަމަހާގެ ފްރީގޯ އެލިއާއިން ބާޒާރަށް ނެރެފި

އެލިއާއިން ރާއްޖޭގެ ބާޒާރަށް ހުކުރު ދުވަހު ނެރުނު ޔަމަހާ ފްރީގޯ ސައިކަލު: ފޮޓޯ: އެލިއާ
75%
8.3%
16.7%

ޔަމަހާގެ އާ މޮޑެލްއެއްގެ ސައިކަލެއް އެލިއާއިން ލޯންޗުކޮށްފި އެވެ.

އެލިޔާއިން ރާއްޖޭގެ ބާޒާރަށް ރޭ ނެރެފައިވަނީ "ޔަމަހާ ފްރީގޯ" އެވެ. އެލިއާއިން ވަނީ އެ ސައިކަލް ރާއްޖޭގެ ބާޒާރަށް ނެރުމަށްޓަކައި ހުކުރު ދުވަހުގެ ރޭ ހާއްސަ އިވެންޓެއް ބްރިޖް ޕްލެޓްފޯމް ސަރަހައްދުގައި ބާއްވާފަ އެވެ.

އެ އިވެންޓް ކުރިޔަށް ދިޔަ ވަގުތުގައި އެ ކުންފުނިން ގެންނަ ޔަމަހާ ބްރޭންޑްގެ ހުރިހާ މޮޑެލްތަކުގެ ސައިކަލަކުން ވެސް، އިންސްޓޯލްމަންޓަށް ނެގުމަށް ނަންނޯޓު ކުރި ހުރިހާ ފަރާތްތަކަށް ޑައުންޕޭމަންޓަށް ދައްކާ އަގުގެ 50 ޑިސްކައުންޓެއް ދިނެވެ.

މިހާރު ކުރިޔަށްގެންދާ ޕްރޮމޯޝަންގެ ތެރެއިން، ޑޭޓެޑް ޗެކްސް ނުނަގާނެ އެވެ. ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އައިޑީކާޑް، ބޭންކް ސްޓޭޓްމަންޓް ނުވަތަ ވަޒީފާއެއްގައި އުޅޭ ކަމުގެ ލިޔުމެއް ގެނެސްދިނުމުން ސައިކަލް އިންސްޓޯލްމަންޓަށް ނެގުމުގެ ކަންކަން ކުރިޔަށް ގެންދާނެ އެވެ.

ރިބާ ނުހިމެނޭ ޝަރީއާ ސްކީމްގެ ދަށުން އިންސްޓޯލްމަންޓާއި، ފުލްޕޭމަންޓް ދައްކާފައި ނެގި ކަމުގައިވިޔަސް އެލިއާއިން ނަގާ ހުރިހާ ސައިކަލަކީ ވެސް ކަސްޓަމަރުގެ ނަންމަތީގައި ޕްރައިވެޓް ބޯޑްގައި ދޫކުރާ ސައިކަލުތަކެކެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސަމަންދަރު

ސައިކަލުގެ އަގު ލިޔެލާނަމަ ...... ޚަބަރު ކިޔާލުމުން އިތުރު ސުއާލުތައް އުފެދި އޮޅުން ބޮޅުން ވަނީ. ޚަބަރުގައި ޚަބަރެއްގެ ސިފަ ނިކަން ޖައްސަބަލަ!

އަސްލެކޭ

ސައިކަލާބޭހޭ ތައާރަފެއް ލިޔުންނަމަ

ޑޮން

ހޮންޑާ މޫވްގެ ކޯޕީ އެއް........

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345