ވިޔަފާރި

"ޔަމަހާ ވިން ވިން 1440" ޕްރޮމޯޝަން ފަށައިފި

އެލިއާގެ ވިޔަފާރިއަށް އަށް 55 އަހަރު ފުރި، އެ ކުންފުންޏާއި ޔަމަހާގެ ގުޅުމަށް 45 އަހަރު ފުރުމުގެ މުނާސަބަތާއި ކުރިއަށްގެންދާ ސިލްސިލާ ޕްރޮމޯޝަން "އެންމެންނަށްވެސް" ގެ ދަށުން "ޔަމަހާ ވިން ވިން 1440" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށެވެ. ޕްރޮމޯޝަން ފެށީ އިއްޔެ އެވެ.

އެލިއާއިން ބުނީ ޕްރޮމޯޝަންގެ ދަށުން ޔަމަހާ މޯލްޑިވްސްގެ ފޭސްބުކް ޕޭޖަށް ލައިކް ކޮށް، ޝެއާ ކުރާ މީހުންގެ ތެރެއިން ގުރުއަތުން ދިމާވާ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދޭނެ ކަމަށެވެ. އަދި ސިޓްރޯން ބައި ލެމަންގްރާސްއަށް މި ރޯދަ މަހު ރޯދަ ވީއްލަން ދާ މީހުންގެ ތެރެއިން ގުރުއަތުން ދިމާވާ ނަސީބުވެރި ދެ ފަރާތަކަށް ޔަމަހާ ބްރޭންޑްގެ އެރޮކްސް 155 އަދި ޔަމަހާއިން އެންމެ ފަހުން ތަޢާރަފު ކުރި ޔަމަހާ ފްރީގޯ މޮޑެލްގެ ސައިކަލެއް ލިބުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

ސިޓްރޯންއިން ރޯދަވީއްލާ ފަރާތްތަކަށް އަމާޒުކޮށް އެލިއާ އާއި ސިޓްރޯން ގުޅިގެން ޕްރޮމޯޝަން ހިންގާތާ މިއީ ހަތަރު ވަނަ އަހަރެވެ. މި ޕްރޮމޯޝަންގެ ދަށުން ޔަމަހާ އެމް އެކްސް ކިންގް އަދި ޔަމަހާ ކިއުބިކްސް މޮޑެލްގެ ސައިކަލު ގަންނަ ކޮންމެ ފަރާތަކަށް ވަރަށް ހާއްސަ ހަދިޔާއެއް ވެސް ދެއެވެ.

މަހުން މަހަށް ފައިސާ ދައްކާގޮތަށް ނަގާ ސައިކަލުގެ އާއްމުކޮށް ދައްކަމުންދާ ޑައުން ޕޭމަންޓްގެ އަދަދުން 50 ޕަސެންޓް ދަށްކޮށް ދެއްކުމުގެ ފުރުސަތުވެސް މިޕްރޮމޯޝަންގައި އޮވެ އެވެ. އެލިއާއިން ކުރިއަށްގެންދާ އިންސްޓޯލްމަންޓް ސްކީމަކީ އިސްލާމީ ޝަރީއާ އާއި އެއްގޮތަށް ރިބާ ނުހިމަނައި ހިންގާ ސްކީމެކެވެ.