އެލިއާ އިންވެސްޓްމަންޓް

އެލިއާ އިން ބޯޓު އޮޕަރޭޓާސް ޓްރެއިނިން ފަށައިފި

Jul 16, 2019
ބޯޓު އޮޕަރޭޓާސް ޓްރެއިނިން ފެށުމުގެ ގޮތުން އެލިއާގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ ވާހަކަ ދައްކަވަނީ -- ފޮޓޯ: އެލިއާ
33.3%
33.3%
33.3%

އެލިއާ އިންވެސްޓްމަންޓާއި މޯލްޑިވްސް އިސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން، ކަނޑު އުޅަނދު ފަހަރުގެ ނެވިންނާއި ފަޅުވެރިންނަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފައްޓަވައި ދެއްވީ ނޭޝަނަލް އާޓްގެލަރީގެ ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޑީއެފްގެ އިލެކްޓްރިކް އެންޑް މެރިޓައިމް އިންޖިނިއަރިން (އީއެމްއީ) ގެ ކޮމާންޑަރު ކާނަލް ހުސެއިން ޝާހިދެވެ.

އެލިއާ އިން ބުނި ގޮތުގައި ބޯޓު އޮޕަރޭޓަރުންނަށް އެ ކުންފުނިން ހިންގާ ތަމްރީންތަކުގެ ސިލްސިލާގެ ހަ ވަނަ ބުރުގައި 40 އަށް ވުރެ ގިނަ ކެޕްޓަނުންނާއި ފަޅުވެރިން ބައިވެރިވެފައިވާ ކަމަށެވެ.

މި ތަމްރީން ޕްރޮގްރާމުގައި ފަސްޓެއިޑާއި ފަޔާ ފައިޓިން އަދި އައުޓްބޯޑު އިންޖީނާބެހޭ މައުލޫމާތާއި ކަނޑުމަތީ ދިމާވެދާނެ ނުރައްކާތަކާއި ހާދިސާތަކުގައި ކުއްލި ހާލަތުގައި އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދޭނެ އެވެ. އަދި ތިމާވެށި ރައްކާތެރި ކުރަން އެޅިދާނެ ފިޔަވަޅުތައް ވެސް ކިޔައިދޭނެ އެވެ. މި ޕްރޮގްރާމުގައި ރިސޯޓުތަކާއި ކަނޑު އުޅަނދު ފަހަރު ދުއްވާ ފަރާތްތައް އަދި ސަރުކާރުގެ ބައެއް ވުޒާރާތަކުން ވެސް ބައިވެރިވެ އެވެ.

އެލިއާއަކީ ކަނޑު އުޅަނދު ތަމްރީން ދިނުމުގައި ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެވެ. އެލިއާއިން ޖަޕާނުގެ މަޝްހޫރު އިންޖީނު ބްރޭންޑު ޔަމަހާ އައުޓްބޯޑު އިންޖީނު ވިއްކާތާ 45 އަހަރު ވެއްޖެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345