ހަބަރު

ކޮޅުފުށި ބަނދަރު ރައީސް ހުޅުއްވައިދެއްވައިފި

Jul 11, 2018

މ. ކޮޅުފުށި ބަނދަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ރަސްމީކޮށް އިފްތިތާހުކޮށް ދެއްވައިފި އެވެ.

ކޮޅުފުށި ބަނދަރުގެ މަސައްކަތް 2016 ވަނަ އަހަރު ފެށިއިރު، މި ސައްކަތް ނިންމާލާފައި ވަނީ މިދިޔަ އަހަރުގެ މާރިޗް މަހުގަ އެވެ.

އައިޑީބީގެ އެހީގެ ދަށުން ގާތްގަނޑަށް 42 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހަދާފައިވާ މި ބަނދަރަކީ 650 ފޫޓް ދިގު އަދި 200 އަކަފޫޓް ފުޅާ ބަނދަރެކެވެ. އަދި 189 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި 409 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއް ވެސް ވަނީ ގާއިމް ކޮށްފައި ވެއެވެ.

މި ބަނދަރު އިފްތިތާހުކޮށް ދެއްވުމަށް ރައީސް އެ ރަށަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ. އެ މަނިކުފާނު އެރަށަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.