ވިޔަފާރި

ދިވެހިން ދަތުރު ދާން 50 މިލިއަން ރުފިޔާ ހޭދަކޮށްގެން ދެ ރަށް ހަދަނީ

Jul 11, 2018
13

ދިވެހިން ދަތުރު ދާން 50 މިލިއަން ރުފިޔާ ހޭދަކޮށްގެން ދެ ރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށަން، މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ތައްޔާރުވެއްޖެ އެވެ.

އެމްއައިޓީޑީސީއިން ބުނީ މާލެއިން ފުރައިގެން 15 މިނެޓުން ދެވޭ ރާސްތާގައި އޮންނަ ގަލު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ފެށޭނެ ކަމަށެވެ. އަދި މުޅި މަޝްރޫއު ހަ މަސް ދުވަހުން ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ގަލުފަޅު ޕިކްނިކް އައިލެންޑް

  • ދަތުރުދާން ބޭނުންވާ ހުރިހާ ވަސީލަތެއް ހިމެނޭ
  • މާލެއިން ފުރައިގެން 15 މިނެޓުން ދެވޭ ހިސާބުގައި
  • ހަ މަސް ދުވަހުން މި ދެ ރަށް ހުޅުވޭނެ

އެ ކުންފުނިން ބުނީ ފޭދޫ ފިނޮޅު ކައިރީގައި ހިއްކާ މި ދެ ރަށުގައި މޫދު ކުޅިވަރުތަކާއި ކޮޓަރިތައް އަދި ބާބެކިއު އޭރިއާ އާއި ރެސްޓޯރެންޓު ފަދަ ވަސީލަތްތައް ހުންނާނެ ކަމަށެވެ.

ދިވެހިން ކުރިން ދަތުރު ދަނީ ކުޑަ ބަނޑޮހާއި ފޭދޫ ފޮނޮޅަށެވެ. ނަމަވެސް މިހާރު މި ދެ ރަށުގައި ވެސް ވަނީ ދެ ރިސޯޓު ހަދާފަ އެވެ.

އެމްއައިޓީޑީސީއަކީ އިންޓަގްރޭޓެޑް ޓޫރިޒަމް ފައްކާ ކުރަން ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ކ. ކާށިދޫ ގެސްޓްހައުސް މަޝްރޫއާއި ލ. ބަރެސްދޫ މަޝްރޫއެވެ.