ހޮލީވުޑްގެ މަޝްހޫރު ރެޕާ ކާޑީ ބީ އާއި ފިރިމީހާ އޮފްސެޓްއަށް ކުއްޖަކު ލިބިއްޖެ އެވެ. އެ ދެމަފިރިންނަށް ލިބުނީ އަންހެން ކުއްޖެކެވެ. މިއީ އެމީހުންގެ ފުރަތަމަ ދަރިފުޅެވެ.
ކުއްޖެއް ލިބުނުކަން ކާޑީ ބީ ވަނީ އޭނާގެ އިންސްޓަގުރާމް މެދުވެރިކޮށް ހާމަކޮށްފަ އެވެ. މި ކުއްޖާއަށް ދިން ނަމަކީ، ކުލްޗާ ކިއާރީ ސީފަސް އެވެ.
ހިޕް-ހޮޕް އާޓިސްޓް އޮފްސެޓް 26، އާއި ސިއްރުން ކައިވެނިކޮށްގެން އުޅޭކަން ކާޑީ ބީ 25، ހާމަކުރީ އޭގެ ނުވަ މަސް ފަހުން މިދިޔަ މަހު އެވެ.
"ބައެއް ކަންކަން ހުންނާނެ އަހަރެން އެންމެނާއިވެސް ހިއްސާކުރާ. އަދި އަނެއްބައި ކަންކަން ހުންނާނެ އަހަރެން އެއްވެސް ބަޔަކާއި ހިއްސާނުކުރާ. އަހަރެންގެ ކައިވެންޏަކީ އެގޮތުން އަހަރެން އެންމެނާއި ހިއްސާކުރަން ބޭނުންނުވި ކަމެއް،" ކައިވެނިކޮށްގެން އުޅޭކަން ހާމަކުރުމަށް ކާޑީ ކުރި ޓުވީޓެއްގައި ބުންޏެވެ.