މަގުމަތީގެ އެކްސިޑެންޓް

އައްޑޫ އެކްސިޑެންޓްގައި އަނިޔާވި އެކަކު މާލެ ގެނެސްފި

Jul 12, 2018

އައްޑު އަތޮޅު ހިތަދޫގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައ އަނިޔާވެ ހާލު ސީރިއަސްވި އަންހެނަކު މާލެ ގެނެސްފި އެވެ. އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ ރޭ ދަންވަރު އެވެ.

އިއްޔެ ހަވީރު 4:40 އެހާކަންހާއިރު ހިތަދޫ ހަވީރީ ހިނގުމުގައި ކާރަކާއި ސައިކަލެއްޖެހިވި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 24 އަހަރުގެ އަންހެނަކަށެވެ. އޭނާއަކީ ސައިކަލް ދުއްވި މީހާ އެވެ. އެކްސިޑެންޓާ ގުޅިގެން އިތުރު މީހަކަށް ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނެވެ.