ހދ. ކުޅުދުއްފުށީގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އެކަކުގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި މިއަދު މެންުދުރު ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓްގައި އެ ދެ ސައިކަލް ދުއްވަން ތިބި ދެމީހުންނަށް ވެސް ވަނީ އަނިޔާވެފަ އެވެ. އަނިޔާވެފައިވަނީ އުމުރުން 31 އަހަރުގެ އަންހެނަކަށާއި އުމުރުން 50 އަހަރުގެ ފިރިހެނަކަށެވެ. އޭގެ ތެރެއިން ބޮޑަށް އަނިޔާ ލިބިފައިވަނީ ފިރިހެން މީހާ އަށެވެ.
އެމީހާގެ ކޮނޑަށާއި ބޮލަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު މިހާރު މިހާރު ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ނެވެ. އިތުރު ފަރުވާ އަށް މާލެ ފޮނުވުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުން ނެވެ.
އަނެއް ސައިކަލް ދުއްވަން އިން އަންހެން މީހާއަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވީ ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.