ހދ. ކުޅުދުއްފުށީ ގައި އެކްސިޑެންޓެއްވެ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ބާރަށް ދުއްވި ދެ ސައިކަލު ޖެހުނު އެ އެކްސިޑެންޓް ހިނގާފައި ވަނީ އެ ރަށުގައި ހުންނަ އަތޮޅު ކައުންސިލް އިދާރާގެ ކައިރިންނެވެ.
ފުލުހުން ބުނީ މިއަދު ހެނދުނުގެ އެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ކުޅުދުއްފުށި ސިޓީގެ ރީޖަނަލް ހޮސްޕިޓަގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެކްސިޑެންޓްގައި ދެ ސައިކަލަށް އެކިވަރުގެ ގެއްލުންތައް ވެފައި ވެއެވެ.