ހަބަރު

ވައިކަރަދޫ އެކްސިޑެންޓްގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަނީ

ހދ. ވައިކަރަދޫގައި އިއްޔެ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ އަދިވެސް ހޭ ނާރާތީ އިތުރު ފަރުވާއަށް މިއަދު މާލެ ގެނައުމަށް ހަމަޖެހިއްޖެ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އިއްޔެ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ އަދިވެސް ހޭ ނާރާތީ މާލެ ގެންނަން ހަމަޖެހިފައި ވަނީ އެމަޖެންސީގައި ޗާޓަރު ފްލައިޓެއްގަ އެވެ. މިހާރު ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ އެ މީހާ މާލެ ގެންނަން އެ ރަށުން ފުރާނީ މެންދުރުފަހު 3:30 ގައި ކަމަށް ފުލުހުން ބުނެ އެވެ.

އިއްޔެ ހިނގި އެ އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް އެނގިފައިވެ އެވެ. އެ އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވިއިރު، ދެން އަނިޔާވި މީހާގެ ހާލު އެހާ ސީރިއަސްއެއް ނޫނެވެ. އޭނާއަށް ވެސް ވައިކަރަދޫ ސިއްހީ މަރުކަޒުގައި ވަނީ ފަރުވާ ދީފަ އެވެ.