ހަބަރު

ވައިކަރަދޫގައި އެކްސިޑެންޓެއް ހިނގާ މީހަކު ސީރިއަސް ހާލަތުގައި

ވައިކަރަދޫގައި މިއަދު ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހާލު ސީރިއަސްވި މީހަކަށް ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މިރޭ 7 ޖެހިކަންހާއިރު، ހދ. ވައިކަރަދޫގައި 2 ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓްގައި އެކަކުގެ ބޯ ފަޅައިގެންގޮސް ހާލު ސީރިއަސްވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ.

މީގެ އިތުރުން އެ އެކްސިޑެންޓުގައި ހިމެނޭ ދެވަނަ މީހާއަށް ވައިކަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށާއި، އެމީހާގެ ހާލު ސީރިއަސް ނޫންކަމަށްވެސް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެމީހާވެސް އިތުރުފަރުވާއަށް ކުޅުދުއްފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.