އެކްސިޑެންޓް

ކުޅުދުއްފުށީގެ އެކްސިޑެންޓެއްގައި ޒަހަމްވި ކުއްޖާ މަރުވެއްޖެ

ހދ. ކުޅުދުއްފުށީގައި މި މަހުގެ ކުރީކޮޅު ސައިކަލަކާއި ޕިކަޕެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖާ މަރުވެއްޖެ އެވެ

އަވަސް އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ޒަހަމްވި ޒަޔާން އައްބާސް ވަނީ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އަދި ފަހުން ގެއަށް ދޫކޮށްލަން އުޅެނިކޮށް އަނެއްކާވެސް ހާލު ބޮޑު ވެގެން ވަނީ އައިސީޔޫގައި ފަރުވާ ދޭން ފަށައިފަ އެވެ.

އޭނާ މަރުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނޭނގެ އެވެ. އަދި އެކަމާ ގުޅޭގޮތުން ހޮސްޕިޓަލްގެ ބަހެއްވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.