މަރު

އަމާނީގެ ޖަނާޒާ ހެނދުނު 10 ޖަހާއިރު

Jul 5, 2022
3

މިއަދު އިރުއޮއްސުނު ވަގުތު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ޒުވާނާގެ ޖަނާޒާ މާދަމާ ހެނދުނު ބޭއްވުމަށް ނިންމައިފި އެވެ.

ދެ ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އެއް ކާރު ކޮންޓްރޯލް ނުވެ ބަހެއްގައި ވަނީ ޖެހިފައެވެ. އެކްސިޑެންޓްގައި ހަ މީހަކަށް އަނިޔާވި އެވެ. އެއީ ހަތަރު އަންހެނުންނާއި ދެ ފިރިހެނުންނަށެވެ.

އެކްސިޑެންޓްގައި ނިޔާވީ އުމުރުން 23 އަހަރު މަރިޔަމް އަމާނީ ރަޝީދު އެވެ. އަމާނީ ނިސްބަތް ވަނީ ގއ. މާމެންދޫ އަށެވެ.

އަމާނީގެ ޖަނާޒާ މާދަމާ ހެނދުނު 10:00 ޖަހާއިރު ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެކްސިޑެންޓްގައި އަނިޔާވި އެކެއްގެ ހޭ އަދިވެސް ނާރައެވެ. އަދި ބައެއް މީހުންގެ އޮޕަރޭޝަން ވަނީ ކޮށްފައެވެ.