މުދާ އަތުރާލާފައި ހުރީ ތަރުތީބުންނެވެ. އާއްމު ހާޑްވެއާ ފިހާރަތަކާ ތަފާތެވެ. އާއްމުކޮށް ހާޑްވެއާ ފިހާރަތަކުން އާއްމުކޮށް ނުފެންނަ އެތަށް އެއްޗެއް މި ފިހާރައިގެ ބޭރުން ފެންނަން ހުއްޓެވެ. ފިހާރަ ތެރެ ބަލައިލުމުން އެނގުނީ މި ފިހާރަ ތަފާތު ކަމެވެ. މިއީ ރާއްޖޭގެ ވިޔަފާރީގައި އެންމެ މަޝްހޫރު އެއް ނަން ކަމަށްވާ އެލިއާ އިންވެސްޓްމަންޓުން އަލަށް ހުޅުވި ފިހާރަ އެވެ. މަޖީދީ މަގުގައި ހުޅުވި "އެލިއާ ސްޓޯރު" ފިހާރަގައި ފަސޭހަ ގެނުވަނީދޭ އެތަށް މުދަލެއް ލިބެން ހުރެ އެވެ. މި ތަނުން ހަމައެކަނި ލިބެން ހުރީ ހާޑްވެއާ ސާމާނު އެކަންޏެއް ނޫނެވެ.
"އަޅުގަނޑުމެންނަކީ ފެނުނިއްސުރެއް ހާޑްވެއާގައި އުޅޭ ކުންފުންޏެއް. ކުރިން އަޅުގަނޑުމެން މި އުޅެނީ އެލިއާ ސްޓޯ ސައިޑާއި ސޯމިލްގައި އެއަށްފަހު މި ވިސްނީ މާކެޓަށް ނުކުންނަން އެހެންވެ، މި ފިހާރަ ހުޅުވައި މާކެޓަށް ނުކުތީމި،" އެލިއާ ސްޓޯރުގައި ބިޒްނަސް ޑިވްލޮޕްމަންޓް މެނޭޖަރު އިނާދު ވިދާޅުވި އެވެ.
މި ފިހާރަ އިން ހަމައެކަނި ލިބެން ހުރީ ޖެނެރަލް ހާޑްވެއާ ސާމާނު އެކަންޏެއް ނޫނެވެ. މިތަނުގައި ދަގަނޑާއި ދަގަނޑު ހޮޅިއާއި ކޮންސްޓްރަކްޝަން މެޓީރިއަލްގެ އިތުރު، ފްލައިވުޑް ފަދަ ބާވަތްތައް ވެސް ލިބެން ހުރެ އެވެ.
އިތުބާރު، ކޮލިޓީ ޕްރޮޑަކްޓްތަކެއް
މި ފިހާރާގައި ދުނިޔޭގެ މަޝްރޫއު ގިނަ ބައެއްގެ އިތުބާރު ލިިބިފައިވާ ގިނަ ބްރޭންޑްތަކެއް ލިބެން ހުރެ އެވެ. މީގެތެރޭގައި ހޮޅީގެ އެންމެ އިތުބާރުކުރެވޭ ތައިލެންޑުގެ އެސްއީޖީގެ ރޭންޖާއި ފާހާނާ އާއި ފިޓިންގްސް ކޯލާ ހިމެނެ އެވެ.
މެނޭޖަރު، އިނާދު ވިދާޅުވީ މި ފިހާރަ އިން އިންޑަސްޓްރިއަލް ސާމާނުވެސް ލިބެން ހުންނާނެ ކަމަށެވެ.
"ޗެއިން ބްލޮކްސް އާއި ޖަނަރޭޓަރު ފަދަ އިންޓަސްޓްރިއަލް ޔޫސްއޭޖްއަށް ބޭނުންކުރެވޭ ސާމާނު ވެސް ލިބެން ހުންނާނެ. އަޅުގަނޑުމެންގެ ރޭންޖުގައި އަބަދުވެސް ލިބެން ހުންނާނެ،" އިނާދު ވިދާޅުވި އެވެ.
ދެ ފްލޯ އަށް ހަދާފައިވާ މި ފިހާރަ ފަރުމާކޮށްފައިވަނީ ބޭނުންވާ މުދަލެއް ފަސޭހަކަމާއެކު ހޯދޭނެ ގޮތަށެވެ. މުދާ އަތުރާފައިވަނީ މުދާ ހޯދަން ފަސޭހަވާނެ ގޮތަކަށެވެ.
އިނާދު ވިދާޅުވީ މަޖީދީ މަގަށް މި ފިހާރަ ހުޅުވުމަކީ ފުލް ރޭންޖް ދައްކައިލުން ކަމަށެވެ.
"މިހާރު އާއްމުންނަށް ފަސޭހަވާނެ އައިސް އިންކުރީކޮށްލާފަ އެއްޗެއް ގަންނަން. ފްލައިސްތައް ވެސް ވަރަށް ކޮމްޕެޓިޓިވް ވާނެ. މިހާރު އެންމެ ބޮޑު ފަސޭހައެއް ވާނީ އެކްސެސް ޕޮއިންޓަކަށް ވުން. މިހާރު އަޅުގަނޑުމެން މިއައީ މެއިން ހަބްއަށް،" އިނާދު ވިދާޅުވި އެވެ.
"ކަސްޓަމަރުންނަށް ބުނަލަން އޮތީ އެލިއާގެ ހުރިހާ ހިދުމަތެއް ލިބޭނެއޭ. ޔަމަހާގެ ޕްރޮޑަކްޓްތައް ވެސް ހުންނާނެ ޑިސްޕްލޭކޮށްފަ. ރޭގަނޑު ގަޑީގައި ޝޯވްރޫމް ބަންދު ކުރިނަމަވެސް މި ކޮޅުން އެ ޕްރޮޑަކްޓްތައްވެސް ލިބެން ހުންނާނެ."
އެލިއާގެ އާ ފިހާރައާއެކު ކަސްޓަމަރުންނަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މި ފިހާރަ ކަސްޓަމަރުންނަށް ފަސޭހަ ވާނެ ގޮތަކަށް ފަރުމާކޮށްފައިވެ އެވެ. މިތަނުން ލިބެން ހުރީ ހަމައެކަނި ހާޑްވެއާއެއް ނޫނެވެ.