ދުނިޔެ

އިނގިރޭސި ރާނީގެ "ކުރި ކެނޑުމުން" ޓްރަމްޕަށް ފާޑުކިޔުން

Jul 15, 2018
1

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި، އިނގިރޭސި ރާނީ އެލިޒަބަތާއެކު ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި، އެ ކަމަނާގެ ކުރީގައި ހުންނަވައިގެން ހިންގެވި ކަމަށް ބުނެ ޓްރަމްޕަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ވިންޑްސޯ ކާސަލްގައި ބޭއްވި ބައްދަލު ކުރެއްވުމަށްފަހު، އެތަނުގައި ތިބޭ އިނގިރޭސި ސިފައިންގެ ހަރަކާތްތައް ބައްލަވާލެއްވުމަށް ދެ ބޭފުޅުން ހިންގަވަން ފެއްޓެވުމާއެކު، ރާނީގެ ކުރިއަށް ޓްރަމްޕް ދެ ތިން ފިޔަވަޅެއް އެޅުއްވި އެވެ. އާންމް ޕްރޮޓޮކޯލް އުސޫލުގެ ދަށުން ދެ ވެރިން ހިންގަވާނީއެކު އެކީގަ އެވެ. ވީޑިއޯއަށް ވެސް އަރާފައިވާ އެ ވަގުތުކޮޅުގައި، ރާނީއަށް ޖެހިވަޑައިގަތީ ޓްރަމްޕްގެ އަރިމަތިން ކުރިއަށް ވަޑައިގަންނަވާށެވެ.

މިކަމާ ގުޅިގެން، ސޯޝަލް މީޑިއާ ގެ އިތުރުން އިނގިރޭސި މީޑިއާ އިން ދަނީ ޓްރަމްޕަށް ފާޑު ކިޔަމުންނެވެ.

ޓްރަމްޕް ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް އެތަކެއް ހާސް އިނގިރޭސި ރައްޔިތުންނެއް ވަނީ ޓްރަމްޕުގެ ދަތުރުފުޅާއި ދިމާކޮށް މަގުމައްޗަށް ނިކުމެ އަޑު އުފުލާފަ އެވެ.