ހޮންކޮންގް

އެމެރިކާއިން ހޮންގްކޮންގްގެ ދާހިލީ ކަމަކާ ބެހިގެން ނުވާނެ: ލޭމް

ހޮންގްކޮންގްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ ދާހިލާ ކަމަކަށްވުމުން، މުޒާހަރާގެ ބައިވެރިން އެމެރިކާގެ އެހީތެރިކަމަށް އެދުނަސް އެއްވެސް ކަމެއް އެމެރިކާއިން ކޮށްދީގެން ނުވާނެ ކަމަށް ހޮންގްކޮންގްގެ ލީޑަރު ކެރީ ލޭމް ވިދާޅުވެއްޖެ އެވެ.

ލޭމް ވިދާޅުވީ، މަގުތަށް ފުރައިގެން މުޒާހަރާ ކުރިޔަސް ގައުމަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. އަދި ޗައިނާ ކޮންޓްރޯލް ހޮންގްކޮންގުން ނައްތާލައި ޑިމްކޮރްސީ ގާއިމްކުރުމަށް އެދި އެމެރިކާގެ ކޮންސިއުލޭޓް އޮފީހުގެ ކުރިމަތީގައި މުޒާހަރާ ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ވިދާޅުވެފަ އެވެ.

މިހާރު ހޮންގްކޮންގުގައި ކުރަމުންދާ މުޒާހަރާތަކަކީ ލޭމް މަގާމުން ދުރުކޮށް، ޑިމްކޮރްސީ ގާއިމްކުރުމަށް ގޮވާލާ ކުރާ މުޒާހަރާތަކެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ލޭމް އަކީ ޗައިނާ "ޕަޕެޓް" އެކެވެ. އަދި ޗައިނާގެ ނުފޫޒުގެ ސަބަބުން އެގައުމުގެ ތަރައްގީއަށް ދަނީ ހުރަސް އެޅެމުންނެވެ.

"އެއްވެސް ގައުމަކުން އަޅުގަނޑުމެންގެ ދާހިލާ ކަމަކާ ބެހިގަތުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން، އަދި މުޒާހަރާގެ ބައިވެރިން އެމެރިކާގެ މަދަދަށް އެދި ހުއްޓާލާނެ ކަމަށް ވެސް އުއްމީދު ކުރަން" ލޭމް ވިދާޅުވި އެވެ.

އެމެރިކާގެ ބައެއް ސިޔާސީ ބޭފުޅުން ވަނީ ހޮންގްކޮންގުގެ ހާލަތު ރަނގަޅުކޮށް ޑިމޮކްރަސީ ގާއިމްކޮށްދޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މަސައްކަތް ކުރަމުންދާ ފަދަ މޭރުމަކަކުން ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ޗައިނާއަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާ ނުފޫޒު ގައުމުތަކަށް ކުޑަވެ، މިނިވަން ދައުލަތެއް ބިނާވެގެންދާނެ ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕު ވެސް ވަނީ ހޮންގްކޮންގުގެ މުޒާހަރާތަށް ހުއްޓާލައި އެމެރިކާ މެދުވެރިއަކަށް ހަނދައިގެން ޗައިނާއާ އެކު މަޝްވަރާތަށް ކުރުމަށް އެދިފަ އެވެ. އިނގިރޭސިވިލާތުގެ އަޅުވެތިކަމުގައި އޮތް ހޮންގްކޮންގައި މިހާރު އަމިއްލަ ދައުލަތެއް އޮންނަ ނަމަވެސް އަސްކަރީ ކަންކަމުގައި ހަރަކާތްތެރިވަނީ ޗައިނާ އެވެ.