ދުނިޔެ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސވިލާތުގައި މުޒާހަރާ

ނޯތް އެޓްލާންޓިކް ޓްރީޓް އޯގަނިޒޭޝަން (ނޭޓޯ) ގެ ބައްދަލުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިނގިރޭސިވިލާތަށް ވަޑައިގަތުމުން އެ ގައުމުގެ ރައްޔިތުން ޓްރަމްޕާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފި އެވެ. މީގެ ކުރިން ވެސް ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި ވަނީ ބޮޑެތި މުޒާހަރާތައް ކުރިއަށް ގެންގޮސްފަ އެވެ.

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގެ ރައްޔިތުން މުޒާހަރާ ކުރަން ފެށީ، އެމެރިކާގެ ސަރުކާރުގެ ނުފޫޒު އިނގިރޭސި ސަރުކާރަށް އޮންނަ ކަމަށް ބުނެ އެވެ. އދ. ގައި ނެގުނު މުހިންމު ވޯޓުތަކަށް ވެސް އިނގިރޭސިވިލާތުން ވޯޓު ދީފައި ވަނީ އެމެރިކާ ބޭނުންވާ ގޮތަށެވެ. މީގެ އިތުރުން ޓްރަމްޕާ ދެކޮޅަށް މުޒާހަރާ ކުރަމުންދަނީ ނިއުކްލިއާ ހަތިޔާރުގެ މައްސަލައިގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތު ކަމުނުދާ ކަމަށް ބުނެ އެވެ.

މިއަހަރުގެ މެދު ތެރޭގައި ޓްރަމްޕު އިނގިރޭސި ރާނީއާ ބައްދަލު ކުރެއްވުމުން ވެސް އިނގިރޭސިވިލާތުގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފަ އެވެ. މިހާރު ކުރިއަށް ނޭޓޯގެ ސަމިޓުގައި ވެސް ރާނީ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. ރާނީ ބައިވެރިވެ ވަޑައިގަންނަވާނީ ސަމިޓުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގަ އެވެ. މިއާއެކު 5000 އަށް ވުރެ ގިނަ މީހުން، ސަމިޓު ކުރިއަށްދާ އިމާރާތުގެ ބޭރުގައި މުޒާހަރާކުރެ އެވެ.

މުޒާހަރާގެ ބައިވެރިން ދަނީ ޓްރަމްޕު ތުރުކީއަށް އަދި އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަށް އުވާލުމަށް ވެސް ގޮވާލަމުންނެވެ. ބައިވެރިން ބުނާ ގޮތުންނަމަ ޓްރަމްކީ ކަމެއް ހާސިލް ކުރަން މުޅި ގައުމެެއްގެ ރައްޔިތުން މަރާލަން ވެސް ފަސް ނުޖެހޭނެ ބޭފުޅެކެވެ.