ހަބަރު

ގެއްލުނު މީހާ ހޯދަން ރޮބޮޓް ބޭނުން ކުރަނީ

މަސްވެރިކަން ކުރަން ނުކުމެ އުޅެނިކޮށް ކަނޑަށް ވެއްޓުނު މީހާ ގެއްލުނުތާ ދެ ދުވަސް ވެފައިވާއިރު އޭނާ ހޯދުމަށް އެމްއެންޑީއެފުން ރޮބޮޓްގެ ބޭނުން ކުރަން ފަށައިފި އެވެ.

ފ. ބިލެއްދޫ، އެ މީހާ ކަނޑަށް ވެއްޓި ގެއްލިފައި ވަނީ މިދިޔަ ހުކުރު ދުވަހު އދ. ވިލަމެންދޫ ރިސޯޓް ކައިރިއަށް ދޯންޏެއްގައި ފާނަ މަސްވެރިކަމަށް ނިކުމެ އުޅެނިކޮށެވެ. އެ ދުވަހުގެ މެންދުރު ފަހުން ފެށިގެން އެމްއެންޑީއެފުން އޭނާ ހޯދުމުގެ އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އެ މީހާ ހޯދަން ރޮބޮޓް ބޭނުންކުރަން ފަށާފައިވާއިރު، އެމްއެންޑީއެފްގެ ޑައިވަރުންގެ އިތުރުން ދިގުރަށު ޑައިވިން ސްކޫލުގެ ޑައިވަރުންނާއި ވިލަމެންދޫ ޑައިވަރުންނާއި މަހިބަދޫ ފުލުހުން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި އެ މީހާގެ ފެނޭތޯ ބަލައި ދިނުމަށް ވައިގެ މަގުން ދަތުރުކުރާ އެއާޓެކްސީ ތަކުގައި ވެސް އެދިފައިވާ ކަމަށެވެ.

ނަސީރު ކަނޑަށް ވެއްޓުނު އިރު އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފަޓްލޫނެކެވެ.