ހަބަރު

މުޒާހަރާއިން ހައްޔަރުކުރި އަމީތު ދޫކޮށްލައިފި

Jul 15, 2018

އިދިކޮޅު އެމްޑީޕީ އިން މިއަދު ބާއްވަން މަސައްކަތް ކުރި ހިނގާލުމުގެ ހަރަކާތުގެ ތެރެއިން ހައްޔަރު ކުރި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ފުލުހުން ދޫކޮށްލައިފި އެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ އަމީތު ހައްޔަރު ކުރީ މިއަދުގެ ހިނގާލުން ފެށުމުގެ ކުރިން އެމްޑީޕީގެ ހަރުގެ ކުރިމަތީ ޕޭމަންޓްގައި ހުންނަވަނިކޮށެވެ. އަމީތު މިއަދު އިރުއޮއްސުނު ފަހުން ދޫކޮށްލުމަށް ފަހު ދިން ލިޔުމުގައި ބުނެފައި ވަނީ އޭނާ ހައްޔަރު ކުރީ ބަޔަކު އެއްކޮށްގެން މުޒާހަރާ ކުރަން އުޅުމުން ކަމަށެވެ. ގޮނޑި ގެއްލިފައިވާ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ 12 މެންބަރުންގެ ތެރެއިން ބައެއް މެންބަރުން މިއަދުގެ ހިނގާލުމުގައި ބައިވެރިވި އެވެ.

އެމްޑީޕީ އިން މިއަދުގެ ހިނގާލުން ބާއްވަން މަސައްކަތް ކުރި ނަމަވެސް، ފުލުހުން ވަނީ އެއްވުން ކުރިއަށް ގެންދިޔުމަށް ހުރަސް އަޅައިފަ އެވެ. އަދި އެއްވުން ބޭއްވުމަށް ފުލުހުން ފުރުސަތު ނުދީ ވަނީ އެމްޑީޕީ ހަރުގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފަ އެވެ.