ހަބަރު

އަދާލަތު ޕާޓީގެ އޮފީސް ހުންނަ ތަނުގެ މައުލޫމާތު ދޭން އަންގައިފި

Jul 17, 2018
1

އަދާލަތު ޕާޓީގެ އޮފީސް ހުންނަ ތަނާއި އޮފީސް ހުޅުވާފައި ހުންނަ ވަގުތުތައް އަންގަން އިލެކްޝަން ކޮމިޝަން، އީސީއިން އަންގައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ، އަދާލަތު ޕާޓީގެ އޮފީސް ބަންދުކޮށްފައި ހުންނަ ކަމަށް އެ ކޮމިޝަނަށް ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންވެ ޕާޓީގެ އޮފީސް ހުންނަ ތަނާއި ހުޅުވާފައި ހުންނަ ގަޑިތައް އެ ކޮމިޝަނަށް އަންގައި އާންމުކޮށް އިއުލާން ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދާލަތު ޕާޓީ މިހާރު މަަސައްކަތް ކުރަމުން ދަނީ އިދިކޮޅު ކޯލިޝަންގެ ތެރޭގަ އެވެ. އެ ޕާޓީގެ އޮފީހުގައި ޕާޓީގެ މުހިންމު ބައްދަލުވުންތައް ވެސް ބާއްވަ އެވެ. އަދި ނޫސްވެރިންގެ ބައްދަލުވުންތައް ވެސް އޮފީހުގައި ބާއްވަ އެވެ.