ހަބަރު

ހުޅުމާލޭގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި، ޒަހަމްކޮށްލައިފި

ހަތް ތަނަކަށް ވަޅި ހަމަލާ ދިނުމުގެ ސަބަބުން ހާލު ސީރިއަސްވި ޒުވާނަކަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ، އާސަންދަ ކުންފުނިން ބުނީ، މިރޭ 9:30 އެހާއިރު ޒުވާނެއްގެ ގަޔަށް ވަޅި ހަރައިގެން އެހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާ ކަމަށެވެ. އޭނާގެ ހަތް ތަނަކަށް ވަޅި ހަރާފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާސަންދައިން ބުންޏެވެ.

އާސަންދަ އިން ބުނީ، ވަޅި ހަރާފައިވަނީ އުމުރުން 24 އަހަރުގެ ފިރިހެނެއްގެ ގަޔަށް ކަމަށާއި އޭނާގެ އެކްސްރޭ ނެގުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ. އަދި އިތުރުފަރުވާ ދިނުމަށް އެހެން ތަނަކަށް ޓްރާންސްފާ ކުރާނީ އެކްސްރޭ އަށް ބެލުމަށްފަހު ކަމަށެވެ.

ރޭ ވެސް ހުޅުމާލޭގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވެ އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.