ހަބަރު

އައްޑޫގައި ދެ ޒުވާނެއް ގަޔަށް ވަޅި ހަރައި، ސައިކަލެއްގައި ހުޅުޖަހައިފި

އައްޑޫ ސިޓީ ހިތަދޫގައި މާރަމާރީ ހިންގައި ދެ ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ހަވާލުވެ ހުންނެވި މުހައްމަދު ނަޖީބު "އަވަސް"އަށް ވިދާޅުވީ މިރޭ ދެ ޒުވާނަކު ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށާއި އެތަނުން އެކަކުގެ ބޯ ފަޅާލާފައިވާާ ކަމަށެވެ. ނަމަވެސް އެ މީހުންނަށް ހަމަލާ ދީފައި ހުރީ ތޫނު އެއްޗަކުން ނޫން ކަމަށާއި އެ މީހުންގެ ހާލު މިހާރު ރަނގަޅު ކަމަށް ނަޖީބު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އައްޑޫގެ މަގުތަކުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެ އެވެ.

މިރޭ ދެ ޒުވާނެއް ޒަހަމްކޮށްލާފައިވާ އިރު އޭގެ ފަހުން ހިތަދޫ ބޮޑު މަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި ރޯކޮށްލާފައިވާ ކަމަށް "އައްޑޫ ލައިވް" އިން ވަނީ ރިޕޯޓުކޮށްފަ އެވެ.