ހަބަރު

"ރާވެރިބޭ ކޮއްތުވެނި"ގެ ނަމުގައި ފުޑް ކޯޓުތައް ރަސްމީކޮށް ހުޅުވައިފި

Jul 23, 2018

ކުރިން ހާބަރު ކަޑަތައް ހުރި ތަނުގައި ތަރައްގީކުރި ފުޑް ކޯޓްތައް ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް މިރޭ ހުޅުވައިދެއްވައިފި އެވެ. އެ ތަން ހުޅުވީ "ރާވެރިބޭ ކޮއްތުވެނި"ގެ ނަމުގަ އެވެ.

ރާވެރިބޭ ކޮއްތުވެނި ރައީސް ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިރޭ ރާވެރިބޭ މައިޒާން ސަރަހައްދުގައި އޮތް ރަސްމިއްޔާތެއްގައެވެ.

ރާވެރިބޭ ކޮއްތުވެނި ތަރައްގީ ކުރުމުގެ މަޝްރޫއަކީ ހައުސިން މިނިސްޓްރީ އާއި، އެސްޓީއޯ ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މިރޭގެ ރަސްމިއްޔާތުގައި ކޮއްތުވެނި ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ ކޮއްތުވެނީގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.