ބޭންކް އޮފް މޯލްޑިވްސް އަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު، ސާފު ފައިދާ 16 ޕަސެންޓް އިތުރުވެ، މާލީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.
ގައުމީ ބޭންކުން ނެރެފައިވާ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން މި ފުރަތަމަ ހަ މަސްދުވަހުގެ މާލީ ނަތީޖާތައް ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމުގެ ކުރިން 687 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16 ޕަސެންޓް އިތުރު އަދަދެކެވެ.
ގައުމީ ބޭންކަށް މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާއެއް ލިބިފައިވާއިރު، ބޭންކުން ޓެކްނޮލޮޖީ އަދި މުޖްތަމައަށް ކުރާ އިންވެސްޓްމަންޓް ޕްރޮގްރާމް ބޮޑުވެފައިވާތީ 2018 ވަނަ އަހަރުގެ ފައިދާއަށް އަސަރު ކުރާނެކަމަށް އަންދާޒާކުރެވުނެވެ. ނަމަވެސް، ވިޔަފާރީގެ ހުރިހާ ދާއިރާ އަކުން ވެސް ލިބުނު ކުރިއެރުމާއި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ކުޑަކުރުމުގެ ސަބަބުން ފުރަތަމަ ހަ މަސްދުވަހުގެ ނަތީޖާ މިވަނީ ލަފާކުރި މިންވަރަށް ވުރެ ރަނގަޅުވެފައެވެ. ދޫކުރި ލޯނާއި ފީ ގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު ހިންގުމުގެ ފައިދާ ވަނީ ހަތް ޕަސެންޓް އިތުރުވެފައެވެ. މި ވޭތުވެދިޔަ އަހަރުތަކުގައި ދޫކުރެވުނު ލޯނުގެ ފެންވަރު ރަނގަޅުވެފައިވާ މިންގަޑާ އެއްގޮތަށް އުފެއްދުންތެރި ނޫން ލޯނުގެ އަދަދުވަނީ 46 މިލިއަން ރުފިޔާ ދަށްކޮށްފައެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފަ އެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސްދުވަސް ކާމިޔާބުކަމާއެކީ ނިންމާލެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ބޭންކުގެ ފަންޑިންގ ކޮސްޓާއި އިންވެސްޓްމަންޓް އިތުރުވުމުން ފައިދާއަށް ހީނަރުކަމެއް އަންނާނެކަމަށް ލަފާކުރެވުނު ނަމަވެސް އެއާ ހިލާފަށް އަހަރުން އަހަރަށް މާލީ ނަތީޖާ ރަނގަޅުވަމުންދާކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މި ނަތީޖާ ހޯދުނީ އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ކަސްޓަމަރުންގެ ޑިމާންޑް އޮތްވަރު އިތުރުވުމާއި ދޫކުރެވުނު ލޯނުގެ ފެންވަރު ރަނގަޅުވުމުން. މި ފުރުސަތުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުހަނު ބުރަކޮށް މަސައްކަތްކުރަމުންދާ ބޭންކުގެ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރަން،" ހީލީ ވިދާޅުވި އެވެ.
ބޭންކުގެ ފަންޑިންގ ކޮސްޓާއި އިންވެސްޓްމަންޓް އިތުރުވުމުން ފައިދާއަށް ހީނަރުކަމެއް އަންނާނެކަމަށް ލަފާކުރެވުނު ނަމަވެސް އެއާ ހިލާފަށް އަހަރުން އަހަރަށް މާލީ ނަތީޖާ ރަނގަޅުވަމުންދާކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މި ނަތީޖާ ހޯދުނީ އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ކަސްޓަމަރުންގެ ޑިމާންޑް އޮތްވަރު އިތުރުވުމާއި ދޫކުރެވުނު ލޯނުގެ ފެންވަރު ރަނގަޅުވުމުންބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ
މި ވޭތުވެދިޔަ އަހަރުތަކުގައި ދޫކުރެވުނު ލޯނުގެ ފެންވަރު ރަނގަޅުވެފައިވާ މިންގަޑާ އެއްގޮތަށް އުފެއްދުންތެރި ނޫން ލޯނުގެ އަދަދުވަނީ 46 މިލިއަން ރުފިޔާ ދަށްކޮށްފައެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފަ އެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވެސް ބޭންކް އޮފް މޯލްޑިވްސް އިން މުޖުތައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ވަނީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފަ އެވެ. އަދި ހަމައެހެންމެ މޮބައިލް، އިންޓަރނެޓް އަދި ކާޑުގެ ހިދުމަތްތައް ފުޅާކުރުމަށްވެސް ވަނީ މުހިންމު އިންވެސްޓްމަންޓްތައްކޮށްފައެވެ. މި އިންވެސްޓްމަންޓްތަކުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ބޭންކުގެ ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތް ހޯދުމަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއްވަނީ ލިބިފައެވެ. ދާދި ފަހުން ތައާރަފްކުރި އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތަކީ މޮބައިލް ފޯނު މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ޚިދުމަތެކެވެ. މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަދަނީ ޖަމިއްޔާތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 34 ޕްރޮގްރާމެއް ވަނީ ހިންގާފަ އެވެ. ފެބްރުވަރީ މަހުގެ ކޮންމެ ދުވަހަކު ހަރަކާތެއް ހިންގި 'އަހަރެންގެ ބޭންކް ޕްރޮގްރާމް' އާއި އިތުރު ޕްރޮގްރާމްތައް މެދުވެރިކޮށް ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ދާއިރާގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސާވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.