މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މިރޭ ދަރުބާރުގޭގައި ކުރިޔަށް ގެންދާނެ އެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ މި ރަސްމީ ބައްދަލުކުރެއްވުމަށް މި އަހަރުވެސް ގިނަ އަދަދެއްގެ ބޭފުޅުންނަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.
ކޮންމެ އަހަރަކުވެސް މި ހާއްސަ ބައްދަލު ކުރެއްވުމުގައި ރާއްޖޭގައި، ތިއްބަވާ ބޭރުގެ މަންދޫބުންނާއި އިއްޒަތްތެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާރޭ ޖުމްހޫރީ މައިދާނުގަ އެވެ.