ހަބަރު

މާލޭގައި 14 އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާ ދީފި

މާލޭގައި 14 އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީ މިރޭ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 14 އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީފައިވާ ކަމުގެ މައުލޫމަތު ފުލުހުންނަށް ލިބިފައި ވަނީ މިރޭ 6:50 ގައި ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މާލޭގައި ހިންގި މާރަމާރީގައި ހަމަލާ ދީފައި ވަނީ 14 އަހަރުގެ ކުއްޖާގެ ބޮލަށެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ މިރޭ 9:00 ހާއިރު އެ ކުއްޖާ ގެނެސް ފަރުވާ ދީފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަދި މިރޭ އޭނާ ޑިސްޗާޖުކޮށްލާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.