މޯލްޑިވްސް ޕޮލިސް ސާވިސް

ގެއަކަށް ވަދެ ވަޅިން ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި

May 26, 2021

ފިހާރަ އަކުން ވަޅިއެއް ވަގަށް ނަގައިގެން ގެއަކަށް ވަދެ އެ ގޭގައި ތިބި ބަޔަކަށް ވަޅިން ހަމަލާ ދޭނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ވަޅިން ހަމަލާ ދޭނެ ކަމަށް ބުނެ ބަޔަކަށް އިންޒާރު ދިނުމަށް ފަހު މާފަންނު ގެއަކަށް ވަޅިއެއް ހިފައިގެން ވަނތް ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދު ހެނދުނު 10:41 ހާއިރު ކަމަށެވެ. އަދި މައްސަލައާއި ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރިއިރު އެމީހާ ގެންގުޅުނު ވަޅި އަކީ އެ ސަރަހައްދުގެ ފިހާރަ އަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.