ހަބަރު

މިނިވަން ދުވަހުގެ ކުޅިވަރުތައް ފަސްކޮށްފި

Jul 27, 2018
1

މިރޭ ބާއްވަން ހަމަޖެއްސި މިނިވަން ދުވަހުގެ ކުޅިވަރުތައް ފަސްކޮށްފި އެވެ. ވަކި ސަބަބެއް ނާންގައި ހޯމް މިނިސްޓްރީން ބުނީ މިރެއަށް ހަމަޖެއްސި ކުޅިވަރުތައް މާދަމާ ރެއަށް ފަސްކޮށްފައިވާ ކަމަށެވެ.

ގަލޮޅު ދަނޑުގައި ބާއްވާ ކުޅިވަރުތައް މާދަމާ ރެއަށް ފަސްކުރިއިރު މާދަމާ ހަވީރު ސިފައިންނާއި ސްކޫލްތަކުގެ ކެޑޭޓުންނާއި ބޭންޑުގެ ޕެރޭޑް ވެސް މާލޭގައި އޮންނާނެ އެވެ.

މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ރަސްމީ ބައްދަލު ކުރެއްވުން ބާއްވާފައިވަނީ ބުދަ ދުވަހުގެ ރޭ އެވެ. އަދި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ރޭ ޖުމްހޫރީ މައިދާނުގައި ވަނީ ބާއްވާފަ އެވެ. އެ ޖަލްސާގައި ގައުމީ އިނާމް 20 ބޭފުޅަކަށް ދެއްވާފައިވެ އެވެ.