ހަބަރު

ހުރިހާ ރަށެއްގައި މިރޭ ކޭތަ ނަމާދު ކުރާނެ

Jul 27, 2018

މިރޭ ހިފާ ހަނދު ކޭތައަށްފަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުން މިރޭ 22:14 ގައި ހިފާ ކޭތަ ވީއްލާނެ ކަމަށް ލަފާ ކުރެވެނީ މާދަމާގެ ފަތިހު 04:28 ގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތެއްގައިމިރޭ 11:30 ގައި ކޭތަ ނަމާދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މާލެ ސިޓީ ސަރަހައްދުގައި އިސްލާމީ މަރުކަޒުގައާއި، މަސްޖިދުލް އިހްލާޞް (ވިލިނގިލި) އަދި މަސްޖިދުއް ޝައިޚް ގާސިމް ބިން މުހައްމަދު އާލް ޘާނީ (ހުޅުމާލެ) ގައި ކޭތަ ނަމާދު ކުރުމަށްވަނީ ހަމަޖެހިފައެވެ.

ހަނދުކޭތައަށް ފަހު ހާއްސަ ހުތުބާއެއް ކިޔުމަށްވަނީ ހަމަޖެހިފައެވެ.