ވިޔަފާރި

ޖުމްހޫރީ 50އަށް ހާއްސަ ފައިސާ ފޮއްޗެއް ނެރެފި

Jul 27, 2018
1

ރާއްޖޭގެ ޖުމްހޫރިއްޔަތަށް މި އަހަރު 50 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ހާއްސަ ފައިސާ ފޮއްޗެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ރޭ ނެރެފި އެވެ.

ހާއްސަ ފައިސާ ފޮތި ނެރެދެއްވާފައިވަނީ ރޭ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ޖުމްހޫރީ 50ގެ ފައިސާ ފޮތީގެ އަގަކީ 150 ރުފިޔާ އެވެ. ރަން ޕްލޭޓްގެ އެ ފައިސާ ފޮތީގައި 925 ރިހި ހިމެނެ އެވެ. ބަރުދަނުގައި 28.28 ގްރާމް ހުރެ އެވެ.

ހާއްސަ ފައިސާ އޮތި އާންމުންނަށް ވިއްކުމަށް އެމްއެމްއޭއިން ވަނީ ނިންމާފަ އެވެ.