ދުނިޔެ

އިންޑޮނޭޝިއާގެ ޓޫރިސްޓު ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް

Jul 29, 2018

ޖަކާޓާ (ޖުލައި 29) - ޓޫރިސްޓުންގެ މެދުގައި މަގުބޫލު އިންޑޮނީޝިއާގެ ސަރަހައްދަކަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް 10 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ބާލީގެ އިރުން 40 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެއް ކަމުގައިވާ ލޮމްބޯކް އަށް 6.4 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމުގެ ސަބަބުން އެކަތެއް އިމާރާތްތަކެއް ވެއްޓި، އެތަކެއް ބަޔަކު ޒަހަމްވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އެ ހާދިސާގެ ސަބަބުން ގެއްލުން ލިބުނު މީހުންގެ އަދަދު އަދިވެސް ޔަގީން ކުރުމުގެ މަސައްކަތް އޮފިޝަލުން ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް 40 މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.