ވިޔަފާރި

ވީއޭއެމްކޯ ކަނޑު އުޅަނދު ފަހަރަށް ހާއްސަވަނީ މިހެންވެ!

Jul 31, 2018

ކަނޑު އުޅަނދަކަށް ބޭނުންވާ އެއްޗެއް ބޭނުންނަމަ، ގިނަ މީހުންގެ ދޫމައްޗަށް އަންނަނީ ވީއެމްކޯ އެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ ތިރީގައި އެވަނީ އޮޑިވެރިންނާއި މުޅި މެރިން އިންޑަސްޓްރީގެ އިތުބާރު ވީއެމްކޯ އިން ހޯދި ސަބަބުތަކެވެ. ވީއޭއެމްކޯ ކަނޑު އުޅަނދު ފަހަރަށް ހާއްސަވަނީ މިހެންވެ އެވެ.

މޮޅު އިތުބާރު ހުރި ބްރޭންޑުތައް

ވީއެމްކޯ އިން ވިއްކާ ކަނޑު އުޅަނދު ފަހަރުގެ ސާމާނުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ހިތަށް އަންނާނީ އެ ތަނުން ލިބެން ހުރީ ދޫސާން މެރިން އިންޖީނެވެ. އަޑު މަޑު އަދި އެހާމެ ތެލުގެ ހަރަދު ކުޑަ، މި އިންޖީނަކީ މަސްވެރިންގެ އިތުބާރު ލިބިފައިވާ އެއްޗެކެވެ. މީގެ އިތުރުން މެރިން އާއި އިންޑަސްޓްރިއަލް ޖަރަރޭޓަރުވެސް ލިބޭނެ އެވެ. މީގެ އިތުރުންވެސް ޖީޕީއެސް އާއި އޮޑި ފަހަރުގެ ނިޔަމި ކަމަށް ބޭނުންވާނެ ގިނަ ސާމާނުގެ އިތުރުން ލައިފް ޖެކެޓާއި ގިނަ ސާމާނު ލިބެން ހުރެ އެވެ. ވީއޭއެމްކޯއަށް ވަނީ ހިދުމަތުގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑުތައް ވެސް ލިބިފައިވެ އެވެ.

ތަޖުރިބާ ހިދުމަތް ދިނުމުގެ ދިގު ތާރީހު

ހިދުމަތް ދިނުމުގައި އެތަނެއް ހާއްސަވާ އެއް ސަބަބަކީ ތަޖުރިބާ އެވެ. މެރިން އިންޖީނާއި ކަނޑު އުޅަނދުގެ ސާމާނު ވިއްކުމުގައި ވީއެމްކޯގެ ތަޖުރިބާ ގިނަ އެވެ. ވީއެމްކޯއިން މި ވިޔަފާރީގައި 17 އަހަރަށްވުރެ ދިގު ތާރީހެއް އޮތްއިރު، މިކަމުގައި ތަމްރީން ލިބިފައިވާ ގިނަ އަދަދެއްގެ މުވައްޒަފުން މަސަކަތް ކުރެ އެވެ.

ހުޅުމާލެ ސާވިސް ސެންޓަރެއް

ވީއެމްކޯއިން ދަނީ ހުޅުމާލޭގައިވެސް ހާއްސަ ސާވިސް ސެންޓަރެއް ހިންގަމުންނެވެ. މި ތަނުން ވެސް ކަނޑު އުޅަނދު ފަހަރުގެ ޖަނަރޭޓަރު ސާވިސް ކޮށްދިނުމާއި އަޑީ ތެޔޮވެސް ލިބޭނެ އެވެ. އަދި އިންޖީނު މަރާމާތު ކޮށްދިނުމުގެ ހިދުމަތްވެސް ދެ އެވެ. މި ސާވިސް ސެންޓަރުގެ ސަބަބުން ހުޅުމާލެއަށް ކަންނެލި ކިރުވަން ދާ އޮޑި ފަހަރުން މާލެ ނައިސް ހިދުމަތް ދިނުމުގެ ފުރުސަތު ލިބޭނެ އެވެ. ވީއޭއެމްކޯ ސާވިސް ސެންޓަރު ހުންނާނީ ހުޅުމާލެ ހައިވަކަރު މަގުގަ އެވެ. ސާވިސް ސެންޓަރަށް ގުޅުމަށް 3357055 އަށް ނުވަތަ 7937055 އަށް ގުޅޭނެ އެވެ.