ވިޔަފާރި

ވީއޭއެމްކޯގެ އާ ވެބްސައިޓަކާއެކު ކަސްޓަމަރުންނާ ގާތަށް!

Aug 20, 2018

ވީއޭއެމްކޯ އިން އާ ކޯޕަރޭޓް ވެބްސައިޓެއް ތައާރަފުކޮށް، ކަސްޓަމަރުންނާ އިތުރަށް ގާތަށް ޖެހިލައިފި އެވެ.

ކަނޑު އުޅަނދު ފަހަރުގެ އިންޖީނު ވިއްކުމާއި މަރާމާތު ކުރުމުގައި ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ކުންފުނިން ކުރިން ބޭނުން ކުރަމުންދިޔަ ވެބްސައިޓުގެ ބަދަލުގައި މިހާރުވަނީ މުޅިންއާ ފީޗާތަކާއެކު ވެބްސައިޓެއް ނެރެފަ އެވެ. އަދި މި ވެބްސައިޓް ފަރުމާކޮށްފައިވަނީ ހިދުމަތް ހޯދާ މީހުންނަށް ފަސޭހައިން އެ ކުންފުނީގެ ހިދުމަތްތަކުގެ މައުލޫމާތު ލިބޭނެ ގޮތަށެވެ.

ވީއޭއެމްކޯގެ އާ ވެބްސައިޓުގައިވާ އާ ފީޗާތަކުގެ ތެރޭގައި އެ ކުންފުނިން ވިއްކާ މުހިންމު އުފެއްދުންތަކުގެ މައުލޫމާތު ލިބެން ހުރުމާއި ހިދުމަތްތަކާއި ބްރޭންޑްތަކުގެ މައުލޫމާތު އަދި އެ ކުންފުނިން ކުރިއަށް ގެންދާ އެކި ޕްރޮމޯޝަންތަކުގެ މައުލޫމާތު ލިބުން ހިމެނެ އެވެ.

ވީއޭއެމްކޯއަކީ ޓޫރިޒަމް ސިނާއަތާއި މަސްވެރިކަށް އަދި ދަތުރު ފަތުރުގެ ދާއިރާގައި ބޭނުންކުރާ އުޅަނދު ފަހަރަށް ބޭނުންވާނެ ސާމާނު 1979 ވަނަ އަހަރުން ފެށިގެން ފޯރުކޮށްދޭ ކުންފުންޏެކެވެ. އަދި އެ ކުންފުންޏަށް މީގެ ކުރިންވަނީ ގިނަ އެވޯޑުތަކެއްވެސް ލިބިފަ އެވެ.