ރާއްޖޭގެ އެންމެ މަގުބޫލު އެއް މެރިން އިންޖީނު ބްރޭންޑް ކަމަށްވާ ޑޫސާން އިންޖީނުގެ ސްޕެއާ ޕްރޮމޯޝަނެއް ވީއޭއެމްކޯއިން ފަށައިިފި އެވެ.
ވީއޭއެމްކޯ އިން ރާއްޖެ އެތެރެކޮށް ވިއްކާ މި އިންޖީނުގެ ސްޕެއާގެ މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ނަގުދު ފައިސާ ދެއްކުމަށްފަހު ގަންނަ ސްޕެއާތަކަށް ހަތް ޕަސެންޓުގެ ޑިސްކައުންޓެއް ދެ އެވެ.
އެ ކުންފުނިން ބުނީ އިންޖީނު ގަތުމަށްފަހު މީގެ އޮރިޖިނަލް ސްޕެއާ ހޯދުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެ މަގުސަދުގައި ކަސްޓަމަރުންނަށް އަގު ހެޔޮކޮށް ސްޕެއާ ލިބޭ ގޮތަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން އޮރިޖިނަލް ސްޕެއާ އާއި ފިލްޓާ ލިބޭނެ ކަމަށެވެ.
ވީއެމްކޯއިން ދަނީ އިންޖީނު މަރާމާތު ކޮށްދީ އޯވަހޯލް ކޮށްދިނުމުގެ ހިދުމަތް ރަށްރަށަށް ގޮސްގެންނާއި ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ސެންޓަރުންވެސް ދެމުންނެވެ. މި ހިދުމަތް ދެނީ ހުޅުމާލެ ސާވިސް ސެންޓަރުންނެވެ.