ވިޔަފާރި

ދެވަނަ ކްއާޓާގައި އެމްޓީސީސީގެ ސާފު ފައިދާ 13 މިލިއަން ރުފިޔާއަށް

Jul 31, 2018
1

ސަރުކާރާއި ރައްޔިތުންގެ ހިއްސާ އޮންނަ ވިޔަފާރި އާއި ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީއަށް މި އަހަރުގެ ދެވަނަ ކްއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 13 މިލިއަން ރުފިޔާ ކަމަށް މާލީ ރިޕޯޓުގައި ބުނެފި އެވެ.

ބިން ހިއްކުމާއި ބަނދަރު ހެދުން، އަދި ދަތުރުފަތުރުގެ ވިޔަފާރީގައި މަޝްހޫރު އެމްޓީސީސީގެ ނިމިދިޔަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 13 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބިފައިވާ 24.58 މިލިއަން ރުފިޔާއާ އަޅާބަލާއިރު 47 ޕަސެންޓް ދަށްވުމެކެވެ.

އެމްޓީސީސީއިން މިދިޔަ ކުއާޓަރުގައި 301.5 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި ކުއާޓަރުގައި ކޮށްފައިވަނީ 341 މިލިއަން ރުފިޔާގެ ވިޔަފާރި އެވެ. އަދި އެ ކުންފުންޏަށް މި މުއްދަތުގައި ހަރަދު ކެނޑުމުން ޖުމްލަ ފައިދާގެ ގޮތުގައި ލިބުނީ 62.75 މިލިއަން ރުފިޔާ އެވެ.