ހަބަރު

ބްރިޖްގައި ދުއްވަން ބަސްތަކެއް ގެނެސްފި

Jul 31, 2018
8

ހުޅުލެ އާއި މާލެ ގުޅުވައިދޭ ބްރިޖް، ސިނަމާލެ ބްރިޖްގައި ދުއްވާ ބަސްތަކުގެ ފުރަތަމަ ޝިޕްމެންޓް މާލެ ގެނެސްފި އެވެ. ފުރަތަމަ ޝިޕްމެންޓްގައި ގެނެސްފައިވަނީ ނުވަ ބަހެވެ. އަދި 13 ބަސް އިތުރަށް ގެންނާނެ އެވެ.

ބްރިޖްގައި ބަހުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާ އެވެ. އެމްޕީއެލްއިން މިހާރު ދަނީ ބަސް ދުއްވާނެ ޑްރައިވަރުންނާއި އެހެން މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި އަންނަ މަހުގެ ފަހުކޮޅު ބްރިޖް ހުޅުވައި ހިދުމަތް ދޭން ފަށާނެ އެވެ.

ފުރަތަމަ ގެނެސްފައިވާ ނުވަ ބަހުގެ ތެރޭގައި ހިމެނެނީ ސިޓީ ބަހާއި ކައުޗު ބަސްތަކެކެވެ. ކައުޗު ބަހަކީ 40-45 މީހުންގެ ޖާގައިގެ ބަހެކެވެ. ޖުމްލަ 22 ބަސް ގެންނަން އެމްޕީއެލްއިން ނިންމާފައިވާއިރު ޑަބަލް ޑެކް ބަސްތައް ވެސް އަދި ގެންނާނެ އެވެ.