ހަބަރު

90 މީހުންގެ ޖާގައިގެ ފުރަތަމަ ޑަބަލް ޑެކާ ބަސް ގެނެސްފި

Oct 9, 2018

މާލެ އަދި ހުޅުމާލެ ދެމެދު ދުއްވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް އިން ޑަބަލް ޑެކާ ބަސްތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ގެނެސްފި އެވެ.

އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމު ވިދާޅުވީ ޑަބަލް ޑެކާ ބަސްތައް މިއަދު ގެނެސްފައިވަ ކަމަށާއި އޭގެ ބަހެއްގައި 90 މީހުންނަށް ދަތުރު ކުރެވޭނެ ކަމަށެވެ. އަދި ރަޖިސްޓްރޭޝަންގެ މަސައްކަތްކޮށް ނިމުންހާ އަވަހަކަށް ބްރިޖު މަތީ ދަތުރުތައް ފަށާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

ބްރިޖުގައި ދަތުރު ކުރުމަށް މިހާރު ބޭނުން ކުރަނީ ނުވަ ބަހެވެ. އެއީ 15 މީހުންގެ ޖާގައިގެ ބަހެކެވެ. ނަމަވެސް ބަސްތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށާއި ހިދުމަތް ފުޅާކޮށް، ބަސް ދަތުރު ކުރާ ގަޑިތައް ވެސް އިތުރު ކުރާނެ ކަމަށް ހަލީމް ވަނީ ވިދާޅުވެފަ އެވެ.