ހަބަރު

ފުނަދޫ މަގުތަކުގައި ތާރު އަޅަން ފަށައިފި

Aug 1, 2018

ށ. ފުނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީީސީ) އިން ފަށައިފި އެވެ.

އެމްޓީސީސީ އިން އިއްޔެ ބުނީ، ފުނަދޫގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ 4.8 ކިލޯ މީޓަރުގެ މަގު ހަދަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ 85 ޕަސެންޓް މަސައްކަތް މިދިޔަ ޖޫން މަހުގެ ނިޔަލަށް ނިމިފައިވާ ކަމަށާއި އަންނަ ސެޕްޓެމްބަރު މަހު މަސައްކަތް އެއްކޮށް ނިމޭނެ ކަމަށެވެ.

މި މޝްރޫއުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ. އެ ރަށުގެ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 46 މިލިއަން ރުފިޔާ އަށެވެ.