ވިޔަފާރި

މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ގޯލްޑް ޕާޓްނަރަކަށް އެލިއާ

Aug 1, 2018
އެލިއާ އާއި މަޓާޓޯއިން ގޯލްޑް ޕާޓްނަރުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެއްބަސްވުން ބަދަލު ކުރަނީ- ފޮޓޯ: މަޓާޓޯ
100%
0%
0%

މޯލްޑިވްސް މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް އެލިއާ އިންވެސްޓްމަންޓް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ދުވަސްވީއެއް އެވޯޑު ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑު އިންތިޒާމު ކުރަނީ ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިންނެވެ.

އެލިއާ އިންވެސްޓްމަންޓުން މިއީ މި އެވޯޑުގައި ބައިވެރިވި ދެވަނަ އަހަރެވެ. މި އެވޯޑުގައި ދެން ސްޕޮންސަރުގެ ގޮތުގައި ބައިވެރިވާ އެހެން ފަރާތްތަކަކީ އުރީދޫ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަދި އެލައިޑް އިންޝުއަރެންސް އެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސް އިން ވަނީ މިދިޔަ އަހަރުން ފެށިގެން ފުރަތަމަ ފަހަރަށް ގެސްޓްހައުސްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރަން ހާއްސަ އެވޯޑެއް ދެމުންނެވެ. "ގެސްޓްހައުސް އެޑިޝަން" ގެ ނަމުގައި ބާއްވާ މި އެވޯޑަށް ކުރިމަތިލާ ތަންތަނަށް މާކްސް ދެނީ ހިދުމަތް ހޯދާ މީހުންގެ 60 ޕަސެންޓް މާކްސް އާއި 40 ޕަސެންޓް މާކްސް ނަގަނި މަޝްހޫރު ބުކިން ސައިޓް ޓްރެވަލްއެޑްވައިޒާގެ ރޭޓީން އަށެވެ. މި އަހަރުގެ ގެސްޓްހައުސް އެޑިޝަންއަށްވެސް 120 ފަރާތުން ވަނީ ނޮމިނޭޓްވެފަ އެވެ. މިދިޔަ މަހުގެ 31 ގެ ނިޔަލަށް ވޯޓު ލުމުގެ ފުރުސަތު ބަންދުވިއިރު، 200،00 ފަރާތަކުން ވަނީ ވޯޓު ދީފަ އެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ގެސްޓްހައުސް އެޑިޝަން އޮތީ މިމަހުގެ 11 ވަނަ ދުވަހު ހުޅުމާލޭގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345