ވިޔަފާރި

މޯލްޑިވްސް ޓްރެވެލް އެވޯޑްސް ގާލާ މި މަހު 19ގައި

މޯލްޑިވްސް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބާއްވާ "މޯލްޑިވްސް ޓްރެވެލް އެވޯޑްސް ގާލާ 2019" މި މަހުގެ 19 ވަނަ ދުވަހު މެރީނާ ކްރޮސްރޯޑުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މަޓާޓޯ އިން ބުނީ ތިން އެޑިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޓްރެވެލް އެވޯޑްގައި 28 ކެޓަގަރީ އަކަށް 236 ފަރާތެއް ނޮމިނޭޓްވެފައިވާ ކަމަށެވެ. މި އަހަރުގެ މަޓާޓޯ ޓްރެވެލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނުން 14 ކެޓަގަރީއަކަށް ފުރުސަތު ހުޅުވާލާފައިވެ އެވެ. ގެސްޓްހައުސް ތަކަށް އެވޯޑު ދިނުމުގައި ބަލަނީ ދުނިޔޭގެ އެންމެ ބޮޑު ޓްރެވެލް ވެބްސައިޓް ޓްރިޕް އެޑްވައިޒާގައި ގެސްޓްހައުސްތަކަށް ދީފައި ހުންނަ ރޭޓިންގްސް އާއި އާންމުންގެ ވޯޓަށް ބަލާފަ އެވެ.

ރިސޯޓުތަކާއި އެއާލައިންތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ ގަލާ އެޑިޝަންގައި 25 ކެޓަގަރީ ހިމެނެ އެވެ. ގަލާ އެޑިޝަނުގައި އެވޯޑު ދިނުމަށް ޓްރެވެލް އެވޯޑްސް އިން އާ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލާނެ އެވެ. އެވޯޑުތަކަށް ނޮމިނޭޓްވުމުގައި 60 ޕަސެންޓް ބަލާނީ ރާއްޖެ އާއި ބޭރުގެ ތަޖުރިބާކާރުން ހިމެނޭ ޖަޖުންގެ ޕެނަލް އަކުންނެވެ. އަދި 40 ޕަސެންޓް ހޮވާނީ އާންމުންގެ ވޯޓުންވެ.

އެގޮތުން 11،0000 ވޮޓު މިފަހަރު ރަޖިސްޓްރީ ކޮށްފައިވާއިރު ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން 13 ކެޓެގަރީއަކުން 196 ފަރާތެއް ވަނީ ނޮމިނޭޓްވެފަ އެވެ.