ވިޔަފާރި

އުރީދޫ އަށް 13 އަހަރު: ހަސަނުވެސް ސްމާޓް ވެއްޖެ!

Aug 1, 2018
އުރީދޫއަށް 13 އަހަރު ފުރުމާ ދިމާކޮށް ނެރުނު ވީޑިއޯ

މިހާރު ގެ އުރީދޫ ނުވަތަ ކުރީގެ ވަތަނިއްޔާ އުފެދުނީ "ހަސަނަށް ދިން ފޯނު" ން ނެވެ. އޭރު އެންމެ މަޝްހޫރުވި އިޝްތިހާރަކީ ވެސް މި އެވެ. އޭރު ހަސަނު، ބައްޕަޔާ ވާހަކަ ދައްކަން އުޅުނީ ނިކަން ހާލުން އެވެ. ނަމަވެސް، އެ ދުވަސް ފާއިތުވެ އުރީދޫން ރާއްޖޭގައި ހިދުމަތް ފެށިތާ މިއަދަށް މިވަނީ 13 އަހަރު ވެފަ އެވެ. މިއަދު މުޅި މަންޒަރު ބަދަލުވެއްޖެ އެވެ. ހަސަނަށް ފޯނު ދޭން ކުރިން ކުރި މަސައްކަތް ފަސޭހަ ވެއްޖެ އެވެ. ހަސަނު ވެސް ޒަމާނީ ވެއްޖެ!

ވަތަނިއްޔާ ކުރީގެ އިޝްތިހާރުގައި ހަސަނަށް އޭނާގެ ބައްޕަ ގުޅިއިރު، އޭރު އޭނާ ވަރަށް ކުޑަ އެވެ. ބައްޕަގެ ފޯނު ޕާސް ކުރަން ގިނަ ބައެއްގެ އަތަށް ފޯނު ދޭން ޖެހުނެވެ. އެކަމަކު އުރީދޫ އަށް 13 އަހަރު ވެގެން ދިޔައިރު ހިދުމަތަށް މި ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. މި ފަސޭހަކަމާއެކު މިހާރު ކުޑަ މަސައްކަތަކުން ބައްޕަ ފެނިއްޖެ އެވެ.

ހަސަނުގެ ބައްޕަ ހޯދަން މިއަދު ބޭނުންކުރަނީ ވައިބަރާއި އާއި ޓުވިޓަރު އަދި ފޭސްބުކް އެވެ. ފެންނަނީ ވެސް ހަމަ ވަގުތުންނެވެ. ކުރިން ހަސަނަށް އިވުނީ އޭނާގެ ބައްޕަގެ އަޑު އެކަންޏެވެ. އެކަމަކު މޮބައިލް ސިނާއަތް މިއަދު ފުޅާވެ، މިހާރު ހަސަނަށް ބައްޕަ މަސް ބާނަން އަތިރިމަތީގައި ހުންނަ މަންޒަރު ވަގުތުން ބަލައިލެވެ އެވެ. އަގު ހެޔޮ ޑޭޓާއާއެކު ފޭސްބުކް ލައިވް ކޮށް ހަސަނާ ވާހަކަ ދައްކާލެވެ އެވެ.

ވަތަނިއްޔާ ކުރީގެ ވީޑިއޯ

އުރީދޫ ރާއްޖޭގައި ވޭތުވެދިޔަ ތޭރަ އަހަރުގެ ތެރޭގައި މިވަނީ ތަފާތު އާ އެތަށް ކަމެއް ދިވެހިންނާ ހަމައަށް ގެނެސްދީފަ އެވެ. އަލަށްވެސް ގިނަ ކަންކަން ގެނެސްދިނެވެ. އުރީދޫއާއެކު ރާއްޖޭގެ ޓެލެކޮމް ސިނާއަތަށް ބޮޑު އިންގިލާބެއް އައިއިރު ހަސަނު ވެސް މިވަނީ ޒަމާނީވެފަ އެވެ. މޮޑާން ވެފަ އެވެ.