ވިޔަފާރި

އުރީދޫ އަހަރީ ދުވަހުގެ އުފަލުގައި ހިލޭ 13 ޕަސެންޓް ޑޭޓާ ދެނީ

Aug 3, 2018

އުރީދޫގެ ތޭރަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އެކުންފުނީގެ މަގްބޫލް ޑޭޓާ ޕެކްތައް ހިޔާރުކުރެއްވުމުން 13 ޕަސެންޓް އިތުރު ޑޭޓާ ލިބޭ ހާއްސަ އޮފާ އެއް ފަށައިފި އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފަރ މެދުވެރިކޮށް ބޯނަސް ޑޭޓާ ލިބެނީ ޑޭޓާ 99، ޑޭޓާ 110، ޑޭޓާ 160، ޑޭޓާ 220، ޑޭޓާ 330، ޑޭޓާ 440 ނުވަަތަ ޑޭޓާ 1100 ހިޔާރު ކުރުމުންނެވެ.

އުރީދޫގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވީ ދިވެހިރާއްޖޭގައި އުރީދޫގެ 13 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއި އިރު، މި އޮފަރ އަކީ އަޅުގަނޑުމެންނަށް މެދުކެނޑުމެއް ނެތި ހިއްވަރުދެމުންދާ ލޮބުވެތި ކަސްޓަމަރުންނަށް ކުޑަ ހަދިޔާ އެއް ކަމަށެވެ.

"ފެށުނީއްސުރެ، ހަލުވި ސްޕީޑުގެ އިންޓަނެޓް ފޯރުކޮށްދިނުމަށް އުރީދޫ އިންދޭ އަހަމިއްޔަތުކަން، އަޅުގަނޑުމެންގެ ކަސްޓަމަރުން ގަބޫލުކޮށް އެކަމުގެ އަގުވަޒަން ކުރޭ. މުސްތަޤްބަލުގައި ވެސް އުރީދޫ އިން މަސައްކަތް ކުރަމުންދާނީ މި އަޒުމާއި އެކު، އެއްދުވަހުން އަނެއް ދުވަހަށް ޙީދުމަތުގެ ފެންވަރު ރަނގަޅުކޮށް އީޖާދީ އުފެއްދުންތައް ދިވެހިރާއްޖެ އަށް ފޯރުކޮށްދިނުމަށް،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ ޑީޖިޓަލް ޕްލެޓްފޯމްތައް ކަމަށްވާ މައި އުރީދޫ އެޕް އަދި މަގޭ ޕްލޭންގެ ހިދުމަތް، ނުވަތަ *929# އަށް ގުޅާލައްވައިގެން، ކޮންމެ ތާކު ހުރެގެން، ކޮންމެ ވަގުތެއްގައިވެސް އުރީދޫގެ މި ޑޭޓާ ޕެކްތައް ފަސޭހަކަމާއި އެކު ހިޔާރުކުރެވޭނެ ކަމަށެވެ.