ހަބަރު

ބްރިޖް މަތީ ކައިވެނި ކުރަން ފޯމް ދޫކުރަން ފަށަނީ

Aug 3, 2018
6

ސިނަމާލެ ބްރިޖް މަތީގައި ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިނަމާލެ ބްރިޖް މަތީގައި އަލަތު ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމް އާދިއްތަ ދުވަހު މިނިސްޓްރީގެ ކައުންޓަރުން ދޫކުރަން ފަށާނެ ކަމަށެވެ. އަދި އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހާ ހަމަޔަށް އޮންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ބްރިޖް މަތީ ކައިވެނި ކުރަން ފުރުސަތު ހުޅުވާލުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވައުދެކެވެ.

ހުޅުލެ-މާލެ ގުޅުވައިދޭ ބްރިޖްގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. މި މަހުގެ ނިޔަލަށް ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމުމަށް ވަނީ ރާވައިފަ އެވެ. ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ.