ހަބަރު

ބްރިޖުގައި ކުރާ ކައިވެންޏަށް ދޭ ހަރަދުތަކުން ވެޑިން ޑްރެސް އުނިކޮށްފި

Aug 5, 2018

ޗަައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ނުވަތަ ސިނަ މާލެ ބްރިޖުގައި ކުރާ ކައިވެންޏަށް ސަރުކާރުން ކުރާ ހަރަދުތަކުގެ ތެރެއިން ވެޑިން ޑްރެސްގެ ހަރަދު އުނި ކުރަން ހައުސިން މިނިސްޓްރީއިން ނިންމައިފި އެވެ.

ބްރިޖް މަތީގައި ކައިވެނިކުރަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ނިންމައި ހައުސިން މިނިސްޓްރީން މިއަދު ވަނީ ފޯމް ދޫކުރަން ފަށާފަ އެވެ. އެ ފޯމުގައި ބުނާ ގޮތުން ބްރިޖް މަތީގައި ކައިވެނިކޮށްދޭއިރު، އަންހެން މީހާއަށް ހެދުން ގަތުމަށް 15،000 ރުފިޔާ، ފިރިހެން މީހާއަށް 7000 ރުފިޔާ އަދި ދެ މީހުން ޒީނަތްތެރިވުމަށް 5000 ރުފިޔާ ސަރުކާރުން ދޭނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ހަައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބްރިޖު މަތީ ކައިވެނި ކުރުމަށް ބޮޑު ތަރުހީބެއް ލިބި ހީކުރި ވަރަށް ވުރެ ގިނަ އަދަދެއްގެ މީހުން ފޯމް ނަގާފައިވާ ކަމަށެވެ. އެހެންވެ ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ވެޑިން ޑްރެސްގެ ހަރަދު އުނި ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ބައިތައް އުނިކޮށް އާ ފޯމެއް މިއަދު 1:30 އިން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.