ވިޔަފާރި

ކުދި ވިޔަފާރި ކުރިއަރުވަން 600 މިލިއަން ރުފިޔާ ދޫކުރެވިއްޖެ: ސައީދު

Aug 6, 2018
1

ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއަރުވަން މިހާތަނަށް 600 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

"ފަސޭހަ މަދަދު" ލޯނު ސްކީމް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ 600 މިލިއަން ރުފިޔާގެ މި ލޯނު ދޫކޮށްފައިވަނީ އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް (އައިޑީބީ) ފަދަ ވުޒާރާތައް މެދުވެރިކޮށް ކަމަށެވެ.

"ދިވެހި ތާރީހުގައި ވެސް މިއިން ޒަމާނެއްގައި ވެތް ކުދި ވިޔަފާރިތަކުގެ ތަރައްގީ އަށް އެއްވެސް ރައީސަކު ނިންމެވުން ކުދި ވިޔަފާރި ނެގެހެއްޓުމަށްޓަކައި ނޫނީ އަލަށް ވިޔަފާރިއަށް ނުކުންނަ ނުވަތަ އަލަށް ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ވިޔަފާރިއަށް ނެރުމަށްޓަކާ ނުގެނެވޭވަރުގެ ބޮޑު ފަންޑެއް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އިގްތިސާދު ހަމައަކަށް އަޅުވައި ހަރުދާ ކުރަން ބައެއް ދާއިރާތައް ކަމަށްވާ ފޮޓޯގްރަފީ އާއި ވޯޓާ ސްޕޯޓްސް އަދި އިވެންޓް ރޭވުމުގެ އިތުރުން އެންޓަޓައިމަންޓް ޕްރޮޑަކްޝަން ފަދަ ދާއިރާ ތަކަކީ ހަމައެކަނި ދިވެހިންނަށް ހަރަކާތްތެރިވެވޭ ދާއިރާތަކެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

ސަރުކާރުން މިހާތަނަށް ގެޓްސެޓްއާއި އެސްއެމްއީ އަދި ފަސޭހަ މަދަދުގެ އިތުރުން އަންހެނުންނަށް ހާއްސަ ލޯނެއްވެސް ވަނީ ދޫކޮށްފަ އެވެ.