ވިޔަފާރި

ހިނގަހިނގާ ތިއްބާ ރިންގް ރޯޑް މިއޮތް ނިމެނީ!

Aug 8, 2018
23

މާލޭގެ މަގުތަކުގެ އެތުރުމަށް މި އަންނަނީ ބޮޑު ބަދަލެވެ. މިކަން ފެށިގެންދާނީ ވެރިރަށް މާލެ އާއި ހުޅުލެ ގުލެ ގުޅޭ ހިސާބުންނެވެ. މި ދެ ރަށް ގުޅައިލުމާއެކު، "ގްރޭޓާ މާލެ" ސަރަހައްދުގެ ބޮޑު ބައެއް ގުޅުނީ އެވެ. މި މަސައްކަތަކާއެކު، އެކީގައި ދަނީ މާލެ ވަށައިގެން އޮންނަ ބޮޑު މަގު، ބޮޑު ތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

"ރިންގް ރޯޑް" ގެ ނަން ދީފައިވާ 5.5 ކިލޯ މީޓަރުގެ މި މަގު ފެށިގެން ދާނީ ހުޅުމާލެ ފެރީ ޓާމިނަލްއާ ހިސާބުންނެވެ. އެ ހިސާބުން ފަށާ މަގު ގޮސް ގުޅޭނީމާލެ އިންޑަސްޓްރިއަލް ސަރަހައްދާ އެވެ. މި މަގުގައި ވެސް މިދިޔަ އަހަރު ވަނީ ތާރު އަޅާފަ އެވެ. ބަލަހައްޓައިގެން ތިއްބައި މާލެ ރިންގު ރޯޑުގެ މަސައްކަތް ވެސް ނިމެނީ އެވެ.

ރިންގް ރޯޑްގައި ހަތަރު ލޭން

މާލެ ވަށައިގެން ހަދަމުންދާ މި މަގުގައި ތާރު އަޅަން މިވަނީ ފަށާފަ އެވެ. މި މަސައްކަތުގެ ދަށުން، މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑު ތަކުރުފާނު މަގުގައި ހަދާ މި މަގުގައި ހަތަރު ލޭން ހުންނާނެ އެވެ. އަދި މަގުގެ ފުޅާ މިނުގައި 16 މީޓަރު ހުންނާނެ އެވެ.

މަގުގައި 400 އަށްވުރެ ގަސް

ތާރު އަޅައި ނިމުމުން މަގުތައް ކިތަންމެ ރީތިވިނަމަވެސް މާލޭގެ ހޫނުކަން އިތުރަށް ގަދަވެގެންދާނެ އެވެ. އެހެންވެ އެކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ހައުސިން މިނިސްޓްރީން ވަނީ މަގުތަކުގައި އިންދާނެ ގަސް ހޯދަން އިއުލާނުކޮށްފަ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި 450 ގަސް އިންދާނެ އެވެ.

މަގުތަކުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭއިރު، ފެނިގެންދާނީ މުޅިން ތަފާތު މަންޒަރެކެވެ. ހަމަ ގައިމުވެސް މަގުތައް ނިމުމުން ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ. ކޮންމެއަކަސް ހިނގަ ހިނގާ ތިއްބައި ތާރު އަޅައިގެން ހަދާ ރިންގް ރޯޑުގެ މަގުތައްވެސް މި އޮތް ނިމެނީ އެވެ.