ބޮލީވުޑް

"ގުލާބް ޖާމުން"ގައި އަމީތާބް ފެނިދާނެ

50%
50%
0%

ގިނަ އަހަރުތަކަކަށްފަހު ބޮލީވުޑްގެ ޖޯޑު އައިޝްވަރްޔާ ރާއީ އާއި އަބީޝޭކް ބައްޗަން އެކުގައި ފެނިގެންދާނެ ފިލްމު "ގުލާބް ޖާމުން" ގައި އަމީތާބް ބައްޗަންވެސް ފެނިދާނެ ކަމަށް ބޮލީވުޑް ރިޕޯޓުތައް ބުނެފި އެވެ.

މީގެ ކުރިންވެސް ބައެއް ފިލްމުތަކުގައި އާމީތާބް އާއި އަބީޝޭކްގެ ދެމަފިރިން އެކުގައި ފެނިގެންގޮސްފައިވެ އެވެ. އެންމެފަހުން މި ތިން މީހުން އެކުގައި ފެނިގެންދިޔައީ 2008 ގައި ނިކުތް ފިލްމު "ސަރްކާރް ރާޖް" އިންނެވެ.

އަމީތާބް މި ފިލްމު ކުޅޭނެ ނަމަ މި ތިން މީހުން އެކުގައި ފިލްމަކުން ފެނިގެން މިދަނީ 10 އަހަރު ފަހުންނެވެ. އަބީޝޭކްގެ ދެމަފިރިން އެކުގައި ފިލްމަކުން ފެނިގެން މިދަނީ އަށް އަހަރުފަހުންނެވެ. މި ދެމަފިރިން އެންމެފަހުން އެކުގައި ކުޅުނީ 2010 ވަނަ އަހަރު ނިކުތް ފިލްމު "ރާވަން" އެވެ.

އަނޫރާގް ކަޝްޔަޕް ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓުކުރަނީ ސަރްވޭޝް މެވާރާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345